- Advertisement -ad image

“އަމޭ ގެންދާށޭ“ ވިދާޅުވެ، ބަންޑާރަ ނައިބު ރިފްއަތު ކަނޑުގެ ސަރަހައްދު ދޫކޮށްލެއްވީ: އަލީ ހުސެއިން

ad image

ގުޅުންހުރި ލިޔުންތައް


އިޓްލޮސްއިން ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި، ބަންޑާރަ ނައިބު، އިބްރާހީމް ރިފްއަތު ކުރައްވަން ޖެހިވަޑައިގެންނެވި ހަމައެކަނި ކަމަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ، 200 ނޯޓިކަލް މޭލުގެ ދިފާއުގައި ވާހަކަ ދެއްކެވުން ކަމަށާއި، ނަމަވެސް ބަންޑާރަ ނައިބު ”އަމޭ ގެންދާށޭ“ ވިދާޅުވެ، ކަނޑުގެ ސަރަހައްދު ދޫކޮށްލެއްވީ ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ، ”ބާނަ ބާނަ ތިއްބާ، ތިޔަ ވިއްކާލީ ކަނޑު“ މި ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ހުސެއިން އިތުރަށް ވިދާޅުވީ، އޭނާ އަކީ މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި މީހެއް ކަމަށާއި، ސަރުކާރު ގެނައީ ދިވެހި މަސްކަނޑު ފޮތި ފޮތިކޮށް ބަހަން ނޫން ކަމަށެވެ.
1996 ވަނަަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައި އޮތް ނިންމުމެއް އެބައޮތް ކަމަށާ އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދަކީ 200 ނޯޓިކަލް މޭލް ކަމުގައި ކަނޑައަޅާ، ގާނޫނުގައި އެކަން ސާފުކޮށް ބަޔާން ކުރުން ކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް އެ ގާނޫނަށް ވޯޓު ދެއްވާފައި އެބައޮތް ކަމަށެވެ.
އަލީ ހުސެއިން އިތުރަށް ވިދާޅުވީ އިޓްލޮސްގެ ނިންމުމާއި ހިސާބުން ކަރުއެލުވާލައި އުންމީދު ކަނޑާލާކަށް ނުޖެހޭ ކަމަށާ އެ މައްސަލާގައި ދިވެހިންނަށް ކުރެވޭނެ ކަންތައް އަދި ކުރާނެ ކަންތައް ލައްކަ ބައިވަރު އެބަހުރި ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ