- Advertisement -ad image

ކަނޑުވިއްކާލި ރައީސް ވިދާޅުވީ ގަން އެއާޕޯޓު ތަރައްޤީވުމުން ދެކުނުގެ މަސްވެރިކަމަށް ފައިދާކުރާނެ ކަމަށް!

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ އައްޑޫ އެއަރޕޯޓް ތަރައްޤީވުމުން ދެކުނުގެ މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ ކެމްޕެއިނާއި ދިމާކޮށް މިހާރު އައްޑޫސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވުމަށް މިއަދު ގަމުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭގޮތަށް ތަރައްޤީކުރާ ގަން އިންޓަރނޭޝަނަލް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ފަތުރުވެރިކަމާއި އިޤްތިޞާދީ އެހެން ސިނާއަތްތައް ކުރިއަރައި، ވަޒީފާގެ ފުރުސަތުތައް އިތުރުވާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއަރޕޯޓްގައި ހިނގާ މުދަލުގެ މުއާމަލާތް އިތުރުވާނެތީ، އެއަރޕޯޓް ތަރައްޤީކުރާނީ އެކަމަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި ކާގޯ ފެސިލިޓީގެ ޙިދުމަތްތަކާއެކުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ