- Advertisement -ad image

“މޮރިޝަސް ސަރުކާރުން އަޅުގަނޑަށް ދިން ރަން މެޑައްޔެއް ނެތް”: ރިފްއަތު

ad image

ގުޅުންހުރި ލިޔުންތައް


މޮރިޝަސް ސަރުކާރުން ދިން ރަން މެޑައްޔެއް އަދި ދިން ލަގަބަކާއި އިއްޒަތެއް ވެސް ނެތް ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ރިފްއަތު ވިދާޅުވީ ޑޮލަރު ލާން ހުޅުވި އެކްސްރޯ އެކައުންޓެއް ވެސް ނޯންނާނެ ކަމަށާއި މުޅި ހަޔާތުގައި ވެސް ފައިސާއެއްގައި ޖެހި ހިޔާނާތްތެރި ނުވާ ކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދޭ ކަމަށެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ މައްސަލައަކީ ޒަމާންވީ މާޒީއެއް އޮތް މައްސަލައެއް ކަމަށާއި 1992 ވަނަ އަހަރުން ފެށިގެން މި ހައްސާސީ މައްސަލަ އަށް ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިންގެ ހައްގުގައި ގޮތެއް ނިންމަން ނުކެރުނު ކަމަށެވެ. އަދި ނޭނގި ނަމަވެސް ކުރި ކަމަކީ ބޮޑު ތަނުން އިހުމާލުވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. މިއީ ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުން ކަމަށް އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ ބައެއް މެންބަރުންވެސް ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ