- Advertisement -ad image

އެމެރިކާ އިން ރާއްޖެއަށް އިތުރު 7.2 މިލިއަން ޑޮލަރުގެ އެހީ ދެނީ

ad image

ގުޅުންހުރި ލިޔުންތައް


އެމެރިކާއިން ރާއްޖެއަށް އިތުރު 7.2 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމައިފިއެވެ.
ޔޫއެސްއެއިޑް ގެ ދަށުން އެންމެ ފުރަތަމަ ރާއްޖެއަށް އެހީ ދީފައިވަނީ 2019 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން މިއަދާ ހަމައަށް ވަނީ މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން ރާއްޖެއަށް 36.1 މިލިއަން ޑޮލަރުގެ އެހީދީފައެވެ.
މިފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ:
ޑިމޮކްރެޓިކް ހިންގުންތެރިކަން
އަމިއްލަ ފަރުދުންނާއި މުޖުތަމައުގެ ވިލުންވެރިކަން
ތިމާވެށި ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުން.
މި އެއްބަސްވުމުގައި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޝާޖޭ ޑި އެފެއާޒް ގެބްރިއަލް ގްރައު އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ހަލީލެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވާނެ ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ