- Advertisement -ad image

އާރަށު މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން މިއަދަށް ތާވަލްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވާ ވ. އާރަށުގެ މުއާމަލާތާއި ގުޅޭ މައްސަލަ މިއަދު މެންދުރު ފަހު ދޭއް ޖަހާއިރު ކުރިއަށް ގެންދިޔުމަށް ހައިކޯޓުގައި ތާވަލް ކޮށްފިއެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކުރި 11 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލް ކޮށްފައި މިވަނީ މި މައްސަލަ ހައި ކޯޓުން ލަސްކުރާ ކަމުގެ ތުހުމަތު އިދިކޮޅުން ކުރަމުން ދަނިކޮށެވެ.
ކުރިމިނަލް ކޯޓުގެ މި ހުކުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށައެޅި އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފައިވަނީ އޭޕްރިލް މަހުގެ 4 ގައެވެ.
މި މައްސަލާގައި އިންސާފުވެރި ޝަރީއަތެއް ކޮށްފި ނަމަ އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވިދާޅުވެފަވެއެވެ.

މި މައްސަލަ އެމަނިކުފާނާއި އެއްކޮޅަށް ނިމިއްޖެ ނަމަ، ޖަލުން މިނިވަންވެ ވަޑައިގެން ސިޔާސީ މަސައްކަތާއި ގުޅިވަޑައިގެންނެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ