- Advertisement -ad image

ނަޝީދު ވަކި ކުރަން މިއަދު މަޖިލީހަށް ހުށަހަޅަނީ

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކި ކުރަން މިއަދު ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އަގުލަބިއްޔަތުން ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅަން އަންގާރަ ދުވަހު ވަނީ ފާސްކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން އެވަގުތު ސޮއި ކުރެއްވީ 36 މެންބަރުންނެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ފާސް ކުރެވޭ ވަރަށް ސޮއި ހަމަމެފައިވާ ކަމަށެވެ.
އަދި ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު މިއަދު މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަން އަސްލަމު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކި ކުރެއްވުމަށް އެމްޑީޕީގެ ޕީޖީން މަސައްކަތް ކުރަމުންދާއިރު، މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ