- Advertisement -ad image

“ދަ ޑިމޮކްރެޓްސް”ގެ ފޯމުތަކުގެ އެއްވެސް މައުލޫމާތެއް ލީކްކޮށްފައެއް ނުވާނެ: އީސީ

ad image

ގުޅުންހުރި ލިޔުންތައް


“ދަ ޑިމޮކްރެޓްސް”އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތު ލީކްކޮށްފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސް’ ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓު އީސީގެ ތެރެއިން ލީކްވި ކަމަށް އެ ޕާޓީން ތުހުމަތު ކޮށްފައިވާތީ މިކަން ދޮގުކޮށް އީސީން ވަނީ ރޭ ބަޔާނެއް ނެރެފައެވެ.
އެގޮތުން އެ ކޮމިޝަނުން ބުނީ އެފަދަ އެއްވެސް ކަމެއް އެ ކޮމިޝަންގެ ތެރޭގައި ހިނގާފައި ނުވާ ކަމަށާއި އެފަދަ އެއްވެސް އަމަލެއް އެ ކޮމިޝަންގެ އެއްވެސް މުވައްޒަފަކު ހިންގާފައި ވެސް ނުވާނެ ކަމަށެވެ.
“ ރިޔާސީ އިންތިހާބަށް ކޮމިޝަނުން ތައްޔާރުވަމުންދާ މިދަނޑިވަޅުގައި، ކޮމިޝަނާއި ކޮމިޝަނުގައި މެންބަރުންނާއި މުވައްޒަފުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭގޮތަށް އެއްވެސް ފަރާތަކުން ކޮމިޝަނާއި މަތިކޮށް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލްޔިމާސްކުރަން “ އީސީގެ ބަޔާނުގައިވެއެވެ.
ދަ ޑިމޮކްރެޓްސް އިން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައިވާ މެމްބަރުންގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ލީކުވެފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ