- Advertisement -ad image

ޑިމޮކްރެޓްސް އަށް ސޮއިކުރި މީހުންނަށް ބިރުދައްކާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް


ދަ ޑިމޮކްރެޓްސް އަށް ވަންނަ މެމްބަރުންނަށް ސަރުކާރުގެ ވެރިން ބިރު ދައްކާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ.

ޑިމޮކްރޭޓްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީ އެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވާފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ޕާޓީ އުފެއްދުމަށް ޤާނޫނުގައި ހޯދުން ލާޒިމުކުރާ އަދަދަށް ފޯމު ހަމަކޮށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ ރެކޯޑު އޮތް ޕާޓީއަކީ “ދަ ޑިމޮކްރެޓްސް” ކަަމަށެވެ.

އަދި 1 ޖޫންގައި އިލެކްޝްންސްއަށް “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން ވަގަށް ހޯދާފައިވާ ކަމަށާއި އަދި އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީހުންނަށް ސަރުކާރުގެ ވެރިން އަންނަނީ ގުޅުއްވައި ބިރުދައްކަވަމުން ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ސަރުކާރުގެ ވެރިން ކިތަންމެ ވަރަކަށް ބިރު ދެއްކިއަސް ފަހަތަށް ނުޖެހި ސާބިތު ކަން މަތީ ތިބުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ