- Advertisement -ad image

ރޭވުމެއްގެ ދަށުން ރައީސް ޔާމީނަށާއި ރައީސް ނަޝީދަށް އަނިޔާ ކުރާކަން ސިއްރެއް ނުކުރެވޭނެ: ޑރ ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް


ރޭވުމުއްގެ ދަށުން ކުރީގެ ދެ ރައީސުންކަމުގައިވާ ރައީސް ޔާމީނާއި ރައީސް ނަޝީދުއަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަނިޔާ ކުރައްވަމުން ގެންދަވާކަން ސިއްރު ނުކުރެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ ބުދަ ދުވަހު ހައި ކޯޓުގައި ކުރިއަށް ދިޔަ ރައީސް ޔާމީނު ހުށަހަޅުއްވާފައިވާ އިސްތިއުނާފު އަޑުއެހުމުގެ ތެރެއިން ރައީސް ޔާމީނު ދައުލަތުގެ ވަކީލުންނާ ދިމާކުރެއްވި ކަމަށް ވިދާޅުވެ ބައެއް ނޫސްތަކުން ދޮގު ހަބަރު ފަތުރާފައިވާތީ ކުރެއްވި ޓުވީޓެއްގައެވެ.
ޑރ ޖަމީލު ވިދާާޅުވީ ރައީސް ޔާމީނު ދައުލަތުގެ ވަކީލުންނާއި ދިމާ ނުކުރައްވާ ކަމަށާއި ހަމައެކަނި ސަމާސާ އަކަށް ސުވާލެއްކުރެއްވީ ކަމަށެވެ.
“މިހާރު ހުރިހާ ނޫސްތަކެއްހެން ސަރުކާރުގެ ޖީބުގައި އޮތަސް ރައީސް ސާލިހު ރޭވުމެއްގެދަށުން ރައީސް ޔާމީނަށާއި ރައީސް ނަޝީދުއަށް އަނިޔާކުރާކަންސިއްރެއް ނުކުރެވޭނެ. ދަޢުވާތަކަކީ ޖަހާ ސަކަރާތެއް! ނޫސްތަކަށް އެވާހަކަ ލިޔަން ނުކެރުމަކީ ވަކި ވާހަކައެއް! “ ޑރ ޖަމީލް ވިދާޅުވިއެވެ.
ސަރުކާރު ކުންފުނިތަކުން ބޮޑެތި ސްޕޮންސަރ ދޭ ނޫހެއްގައި ލިޔެފައިވާގޮތުން ބުދަ ދުވަހު ކުރިއަށް ގެންދިޔަ އިސްތިއުނާފު ޝަރީއަތުގައި ކުރީގެ ރައީސް ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާލަށް ބަހުގެ ހަމަލާތަކެއް ދެއްވައިފާވާ ކަމަށް ޕީޖީގެ އޮފިޝަލަކު ވިދާޅުވި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ