- Advertisement -ad image

ގާސިމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވައިފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަރުވައިފިއެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމަށް އެރުވީ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފާއި ދެ ޒުވާނުންނެވެ.
ދެ ޒުވާނުން ގާސިމަށް އަރުވާފައި ވަނީ ފެހި ގާނޫނުއަސާސީއެވެ. އަދި އަލީ އާރިފް ދެއްވީ ޖޭޕީގެ ރިޔާސީ ޓިކެޓެވެ.
ޤާސިމަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަޕޯޓަރުން އިށީނުމަށް ޖެހި ގޮނޑިތަކުން ބައެއް ވަނީ ނަގާފައެވެ. އަދި މީހުން ނުފިެުމުގެ ސަބަބުން ޖަލްސާ ފަށާފައިވަނީ ވެސް ބައިގަޑިއެއްހާއިރު ފަހުންނެވެ.
މި ޖަލްސާގައި، ރިޔާސީ އިންތިޚާބުގައި ޖޭޕީން ގެންގުޅޭނެ ސްލޯގަންއާއި ރަސްމީ ލަވަ ވެސް ވަނީ ލޯންޗުކޮށްފަ އެވެ. އަދި މި ޖަލްސާގައި ޤާސިމްގެ ގައުމީ ޚިދުމަތާއި ގުޅޭ ޕްރޮފައިލް ރިޕޯޓެއް ވެސް ވަނީ ހުށައަޅާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ