- Advertisement -ad image

މިދިޔަ މަހު ރިޕޯޓުކުރި ހުމާއި ރޯގާގެ ކޭސްތައް މަދު: އެޗްޕީއޭ

ad image

ގުޅުންހުރި ލިޔުންތައް


މޭއި މަހު ހުމާއި ރޯގާގެ ގޮތުގައި ރިޕޯޓުކޮށްފައިވާ ބަލިތައް މަދުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ޙާލަތު ރިޕޯޓުގައިވަނީ ރާއްޖޭގައި ޑެންގީ ހުންޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އޭގެ ކުރީ އޭޕްރީލް މަހާއި އަޅާބަލާއިރު މަދުކަމަށެވެ.
އެގޮތުން އޭޕްރީލް މަހު 320 މީހަކު ބަލިޖެހިގެން ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަހު ޑެންޖީ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 263 މީހެކެވެ. ޢަދަދުތައް މަދުނަމަވެސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދުކުރުމަށް ފިޔަވަޅުއެޅުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރެއެވެ.

މިދިޔަ މަހު އަރިދަފުސް ރޯގާޖެހިގެން 21327 މީހަކުވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ކުރީ މަހު 29970 މީހަކުވަނީ އަރިދަފުސް ރޯގަ ޖެހިގެން ރިޕޯޓުކޮށްފައެވެ. އެހެންކަމުން އޭޕްރީލް މަހާއި އަޅާ ބަލާއިރު، މޭއި މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ ޢަދަދުވެސް ވަނީ ދަށަށް ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ