- Advertisement -ad image

ޕާކިންގް މައްސަލަ ހައްލު ނުވަނީ ޕާކިންގް ބިލްޑިންގް އަޅަން ސަރުކާރުން ހުރަސް އަޅާތީ: މޭޔަރު މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީގައި ޕާކިންގް މައްސަލަ ހައްލު ނުކުރެވި ވަނީ ޕާކިންގް ބިލްޑިންގް އަޅަށް ރައީސް ސާލިހުގެ ސަރުކާރުން ހުރަސް އަޅާތީ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ، ކާރާއި ސައިކަލު ޕާކިންއަށް ތަފާތު ކުރާތީ، އެކަމާ އަލީ ރަމީޒު ނުރުހުން ފާޅުކޮށް، ކޮށްފައިވާ ޓުވީޓަށް ދިން ރައްދެއްގައެވެ.
ޕާކިންގް މައްސަލައިގައި އަލީ ރަމީޒު ބުނެފައިވަނީ، ސައިކަލުވެސް ދުއްވަނީ ބަރާބަރަށް އަހަރީ ފީ ދައްކައިގެން ކަމަށާއި ނަމަވެސް ސައިކަލު ޕާކު ކުރުމަށް އެކަށީގެންވާ ވަރަށް ޖާގަ ނެތް ކަމަށެވެ.
“އަޅުގަނޑުމެންވެސް ސައިކަލް މި ދުއްވަނީ ގަވާއިދުން އަހަރުން އަހަރަށް ފީތައް ދައްކައިގެން. މާލޭގައި ސައިކަލު ޕާކު ކުރާނެ ޖާގައެއް ހޯދުމަކީ އިންތިހާއަށް އުނދަގޫކަމެއް. ޖާގަ ނުލިބިގެން ބައެއް ފަހަރަށް ކޮށި ވަށާ ދެތިންބުރު ޖަހަން އެބަޖެހޭ. ޕާކް ކުރާނެ ޖާގަ ނުލިބުނީމަ ދެން ޕާކު ކުރަން މަޖުބޫރުވަނީ ގަވާއިދާ ހިލާފަށް” އަލީ ރަމީޒު ބުންަޏެވެ.
މިއާ ޚިލާފަށް ކާރުތައް ގަރާޖުގައި ރަޖިސްޓްރީ ކޮށްފައި ހުންނައިރުވެސް އަދި ކާރުތަކަށް ޕާކިންގް ޒޯން ދޫކުރާ ކަމަށް އަލީ ރަމީޒު ބުންޏެވެ. އަދި މަގުތަކަކީ ވަކި ބައެއްގެ މިލްކެއް ނޫން ކަމަށް ވެސް އަލީ ރަމީޒު ބުންޏެވެ.
މި ޓުވީޓަށް ޖަވާބު ދެއްވަމުން މޭޔަރު ވިދާޅުވީ މާލޭގައި އިމާރާތް ކުރަން ތައްޔާރުވި ޕާކިންގް ބިލްޑިންގްއަށް ސަރުކާރުން ހުރަސް ނޭޅި ނަމަ، މަދުވެގެން 6 ޕާކިންގް ބިލްޑިންގް މާލޭގައި އިމާރާތް ކުރެވިފައި ހުންނާނެ ކަމަށެވެ.


މުއިއްޒު ވިިދާޅުވީ، މަގުމަތިން ކުއްޔަށްދޭ ސްލޮޓްތަކަކީ ޕާކިންގް ބިލްޑިންގްތަކުގެ ތެރެއަށް ބަދަލު ކުރުމަށް އޭރުވެސް ނިންމާ އިއުލާނު ކުރެވިފައިވާ، ވަގުތީ ސްލޮޓްތަކެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މާލޭގަ ކޮންމެ ގޮތެއް ހެދިޔަސް ތިަކން ހައްލެއްނުވާނެ. ސައިކަލުން އެނދަށް އަރޭގތަށް ހަމަޖެހުނީމަ ހިތްހަމަޖެހޭނީ. އެބުނީ ދެތިން ބުރުޖަހާ ވާހަކަ. އަމިއްލައަށް ހަނިގޯޅިއަކަށް ގޯތި ބަދަލުކޮށްފަ ދެން ކޮން ޝަކުވާއެއްބާ. ސައިކަލެއް ގަންނަހާމީހަކަށް ކިހިނެއް ޕާކިން ޖާގަ ދައްކަނީ. އެމިހެއްގެ ކަމެއް އެއީ ގަންނައިރު އެކަމާ ވިސްނުމަކީ. އަހަރެމެސް ހަމަހުރިހައި ފީއެއް ދައްކާފަ އެތައް ބުރެއް އެބަޖަހަންް.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ