- Advertisement -ad image

ކޮމިޓީތައް އެކުލަވާލަން ސަރުކާރުން އެއްވެސް ވަރަަކަށް ބޭނުމެއް ނުވޭ: އިދިކޮޅު

ad image

ގުޅުންހުރި ލިޔުންތައް


ކޮމިޓީތައް އެކުލަވާލަން ސަރުކާރުން އެއްވެސް ވަރަަކަށް ބޭނުން ނުވާ ކަމަށާއި ނަމަވެސް މިހާރު ބޭނުންވަނީ މަޖިލިސް މަރުތަޅު އަޅުވާފައި ބާއްވަން ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށި ނަމަވެސް ކޮމިޓީތައް މަޖިލީހުގައި އެކުލަވާ ނުލެވޭތީ އެކަން އެޖެންޑާ ކުރެވޭ ގޮތެއް ނުވެ އެވެ. އެހެންވެ މަޖިލިސް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.
މިހާރު އުފައްދަން މަސައްކަތް ކުރާ “ދަ ޑިމޮކްރެޓްސް”، ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމް/ޕީއެންސީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައީސްއާއި ނާއިބު ރައީސް ދުރުކުރާ މައްސަލައިގައި އެ ބޭފުޅުންނަށް ވާހަކަ ދައްކަން ދޭން ޖެހޭ މިނެޓްގެ އަދަދު ނިންމަން ޖެހޭނީ އާންމު ކޮމިޓީން ކަމަށާއި އެކަން ނުކުރަނީސް އެ މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮމިޓީތައް އެކުލަވާލަން ޖެހޭނީ ޕާޓީތަކުގެ މެމްބަރުންގެ ނިސްބަތުން ކަމަށް ބުނެފައިވާ އިރު އެމްޑީޕީން ބޭނުންވާ އަދަދަށް ކޮންމެ ކޮމިޓީއެއްގައި އެ ޕާޓީގެ މެމްބަރުން ތިބެން ނުޖެހޭ ކަމަށެވެ.
އަލީ އާޒިމްއެކޭ އެއްގޮތަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ވިދާޅުވީ ކޮމިޓީތައް އެކުލަވާލަން ސަރުކާރުން އެއްވެސް ވަރަަކަށް ބޭނުން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޓީތަކުގެ 64 އިންސައްތަ އެމްޑީޕީއަށް ދޭން ޖެހޭނެ ކަމަށް އެ ޕާޓީން ބުނާއިރު މިހާތަނަށް ވެސް ބައެއް ކޮމިޓީތަކުގައި އެމްޑީޕީގެ 64 އިންސައްތަ ނެތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ