- Advertisement -ad image

ރާއްޖޭގެ ހައްޖުވެރިންގެ ފުރަތަމަ ފްލައިޓްގެ ހައްޖުވެރިން މައްކާއަށް ހިނގައްޖެ

ad image

ގުޅުންހުރި ލިޔުންތައް


މި އަހަރު ރާއްޖެއިން ޙައްޖަށްދިޔަ ފުރަތަމަ ފްލައިޓުގެ ޙައްޖުވެރިން މައްކާ އަށް ހިނގައްޖެއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހޯމަދުވަހު ދިޔައީ 295 ޙައްޖުވެރިންނެވެ.
ހައްޖުވެރިން މިހާރު ވަނީ ޖިއްދާ އެއަރޕޯޓުން މައްކާގެ ހޮޓަލަށް ގޮސްފައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހުރިހާ ޙައްޖުވެރިންގެ ޙާލު ރަނގަޅު ކަމަށެވެ.
ހައްޖުކޯޕަރޭޝަނުގެ ހަވާލުގައި ދާ ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވަނީ އަލްބަލަދުއްޠައްޔިބު އަޖްޔާދު ހޮޓަލުގައެވެ.


ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރަތަމަ ޢުމްރާ ކުރުމަށް ޙަރަމްފުޅަށް ދިއުމަށް ދަނީ ތައްޔާރުވަމުން ކަމަށްވެސް އެ ކޯޕަރޭަޝަނުން ހާމަކުރެއެވެ.

މިފަހަރު ޙައްޖާޖީން ޖުމްލަ 6 ފްލައިޓެއްގައި ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ފްލައިޓްތައް އޮންނާނީ މި ހިނގާ ޖޫންމަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ