- Advertisement -ad image

ކޮމިޓީތައް އެކުލެވިގެންވާ ގޮތް ކަނޑައެޅުއްވުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި އަމިއްލަ މެމްބަރުންނަށް ޖާގަ ދެއްވާނެ ގޮތް ކަނޑައެޅުއްވުމުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ކޮމިޓީތަކުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރައްވާފައި މިވަނީ، މަޖިލީހުގެ ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ.

ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސަބަތް ނުވާ މެންބަރުން ތަމްސީލް ކުރެވޭ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ ވަނީ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން މިހާރު އެޖެންޑާކޮށްފައެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ޕާޓީތަކާއި އަމިއްލަ މެމްބަރުން ތަމްސީލުކުރައްވާނެ ގޮތް އަލުން އެކުލަވާލެއްވުމަށް މަޖިލީހުގެ ރިޔާސަތުން ނިންމެވީ، އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެ، މަޖިލިހުގެ ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާއި ގުޅިގެން މިމަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް މިކަމުގައި ގޮތެއް ނިންމުމުގައި ސިޔާސީ ޕާޓިތަކުގެ މެދުގައި އެއްބަސް ނުވެވޭތީ ކޮމިޓީތައް އޮތީ އެކުލަވައިނުލެވި، މަޖިލީހުގެ ހުރިހާ މަސައްކަތެއް އޮތީ ހުއްޓުމަކަށް އައިސްފައެވެ.

ކޮމިޓީތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި އޮތުމުން، ކޮމިޓީތަކުން ނިންމަންޖެހޭ ބައެއް ކަންކަމާއި މުހިއްމު އެހެން ބައެއް މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. މިގޮތުން މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން އާއްމު ކޮމިޓީން ގޮތްތަކެއް ކަނޑައަޅަންޖެހޭއިރު، އެ ކޮމިޓީ ނުބޭއްވޭތީ އެކަމުގައި ގޮތްތަކެއް ނުނިމި، އިތުބާރު ނެތްކަމުގެ މައްސަލަތައް އޮތީ މަޑުޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ