- Advertisement -ad image

މާލޭގެ ބައެއް ޕާރކްތައް މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


މާލެސިޓީގައި ހުރި ބައެއް ޕާރކްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
އެގޮތުން މުއިވެޔޮ މައިޒާނުގެ އެކިކަހަލަ މަސައްކަތްތައް ކުރިޔަށް ގެންދަން ވަނީ ފަށާފައެވެ.
މީގެ ކުރިންވެސް ޕާކެއްގެ ގޮތުގައި އޮތް އެތަން އެންމެ ފުރަތަމަ ހުޅުވީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި ޕާރކު އޭރު ހުޅުވީ ސްޓެލްކޯއިން ތަރައްގީކޮށް، އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އޭރުގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝަކޫރުއެވެ.


އަލުން މި ޕާރކު ތަރައްގީކުރާއިރު ލައިޓްތައް ހިމެނޭގޮތަށް ކުޑަކުދިން ކުޅޭ އާ ސާމާނު ހިމަނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ނަމަވެސް މަރާމާތަށް ފަހު އަލުން ޕާކު ހުޅުވޭނެ ތާރީހެއް އެ ކައުންސިލުން ހާމައެއް ނުކުރެއެވެ.
މީގެ އިތުރުންވެސް ރައިވެރިބޭ މައިޒާނުގައި ކާރޕެޓު އެޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ވަނީ ފަށާފައެވެ.


މާލޭގެ ހުޅަނގު ދެކުނު ފަރާތުން ޕާކެއް ގޮތުގައި ހެދި “ރައިވެރިބޭގެ މައިޒާން” ވެސް ހުޅުވާފައި ވަނީ 2015 ވަނަ އަހަރުއެވެ.
ކުޑަކުދިން ކުޅޭ ތަންތަނާއި ދެ ފަންއަރުވާ ވަޑާން ވެސް ހަދާފައިވާ ހިތް ފަސޭހަ މި މައިޒާން އޭރު ހަދާފައި ވަނީ ހައުސިން މިނިސްޓްރީއާ މަސީ ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ