- Advertisement -ad image

ދިވެހި އެމްބަސީ ހުޅުވަން ޝާހިދު އެމެރިކާއަށް

ad image

ގުޅުންހުރި ލިޔުންތައް


އެމެރިކާގައި ގާއިމްކުރި ރާއްޖޭގެ އެމްބަސީ ހުޅުވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ވަޑައިގެންފި އެވެ.
ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާގައި ދިވެހި އެމްބަސީއެއް ހުޅުވަން ވޮޝިންޓަންއަށް ދެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

އަދި އެ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް، ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމާފައި ވާކަން އިއުލާނު ކުރެއްވީ 2020 ވަނަ އަހަރު އެމެރިކާގެ ކުރީގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.
ރާއްޖޭގެ އެމްބަސީއެއް 2007 ވަނަ އަހަރު ވެސް އެމެރިކާގައި ހުޅުވި އެވެ. އެކަމަކު އެ އެމްބަސީއަށް އޭރު ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމުން 2008 ވަނަ އަހަރު އެތަން ބަންދުކުރީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ