- Advertisement -ad image

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެލަވަންސް ބޮޑުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގިންތިކޮށް މިހާތަނަށް ދެމުންއައި އެލަވަންސް ބޮޑުކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްފައިވާ ކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ފަށާފައިވާއިރު މިހާތަނަށް މިއެލަވަންސްގެ ގޮތުގައި ދައުލަތުން ދެމުން އައިސްފައިވަނީ 2000 ރުފިޔާއެވެ.
އެންސްޕާގެ ސީއީއޯ އިސްމާއީލް އައްޒާމް ވަޖީހު ވިދާޅުވީ އެންމެ ކުޑަމިނުން އެހީ ލިބޭ ފަރާތްތަކަށް ވެސް ޖޫން މަހުން ފެށިގެން 3،000ރ. ގެ އެލަވަންސް ލިބޭނެ ކަމަށެވެ. އަދި ގިނަވެގެން 6،000ރ. ލިބޭނެ އެވެ.
އެގޮތުން އެލަވަންސް ދިނުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތިން ބަޔަކަށް ވަނީ ގިންތިކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އެހެން މީހެއްގެ އެހީތެރިކަމާ ނުލައި، އަމިއްލައަށް ނޫޅެވޭ ފަރާތްތަކަށް އިތުރަށް ދޭ 2،000ރ. ގެ އެލަވަންސެވެ. މިއީ އެނދުމަތިވެފައި ތިބޭ ފަރާތްތައް ނުވަތަ މީހެއްގެ އެހީތެރިކަމާ ނުލައި އެއްވެސް ކަމެއް ނުކުރެވޭ މީހުންނަށް ލިބޭ އެލަވަންސް އެއް ކަމަށް އައްޒާމް ވަޖީހު ވިދާޅުވި އެވެ.
އަދި ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން ސެލްފް ކެއާ އެލަވެންސްގެ ގޮތުގައި 1،000ރ. ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އާންމު ހާލަތުގައި ތިބޭ މީހުން ބޭނުންކުރަން ނުޖެހޭ ބައެއް އާލާތްތައް ގަތުމަށް ދެވޭ އެލަވަންސް އެކެވެ.
އޭގެ އިތުރުން އެއް ގޭބީސީގައި ނުކުޅެދުންތެރިކަން ހުންނަ ތިން ފަރާތަށްވުރެ ގިނަ ފަރާތް ތިބިނަމަ ނިސްބަތުން ކޮންމެ މީހަކަށް 1،000ރ. ގެ އެލަވަންސް އެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުން ފެށިގެން ގެނައި އެ ބަދަލާއެކު ނުކުޅެދުންތެރިކަން ހުންނަ ގިނަ ފަރާތްތައް ތިބޭ ބައެއް ގެތަކަށް ޖުމްލަ 16،000ރ. އާ ހަމައަށް ވެސް ގޭބީސީއަށް ލިބޭ އިނާޔަތް ބޮޑުވެގެންދާނެ ކަމަށް އެންސްޕާއިން ބުންޏެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ދޭން ފެށިއިރު ރާއްޖޭގައި ތިބީ އެލަވަންސް ލިބޭ 365 މީހުންނެވެ. މިހާރު މިއަދަދުވަނީ 10701އަށް އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް 11371 ފަރާތަކަށް 111 މިލިއަން ރުފިޔާވަނީ މިއެލވަންސްގެ ގޮތުގައި ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ