- Advertisement -ad image

ވެރިކަން ނިމުމަށްފަހު އަމިއްލައަށް ފިއްލަވާނެ ރައީސަކަށް އިބްރާހިމް މުހައްމަދު ސާލިހު ވާނެ: ވައްޑެ

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ނާސިރު ވެރިކަން ނިމުމަށް ފަހުގައި ދިމާވި މަޖުބޫރީ ހާލަތްތަކުގައި ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގެންނެވި ފަހުން އަމިއްލަ އަށް ފިއްލަވާނެ ރައީސްއަކަށް އިބްރާހިމް މުހައްމަދު ސާލިހު ވާނެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާަޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް އިން ރޭ ހަރުގޭގައި ބޭއްވި ޖަލްސާގައި ވަހީދު ވިދާޅުވީ އެމްޑީޕީއަށް މިހާރު މުޅި ރާއްޖޭގެ ސުޕަ މެޖޯރިޓީ ގެއްލެމުންދާ ކަމަށެވެ.
މިސަރުކާރު ނިމުމަކަށް އަންނާނެ ކަމުގެ އެއް ހެއްކަކީ އެމްޑީޕީއަށް މެޖޯރިޓީ އޮންނަ އައްޑޫ ސިޓީ މާލެ އަދި ތިނަދޫ ފަދަ ސުޕަ މެޖޯރިޓީ އޮންނަ ސަރަހައްދުތަކުން އެމްޑީޕީ ނެތެމުންދާ ކަން ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
އަދި އަންނަ ރިޔާސީ އިންތިހާބުން ބަލިވުމުން ކުރިއަށް އޮތް 84 ދުވަސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މި ގައުމު ދޫކުރައްވާ ފިއްލަވާނެ ކަމަށްވެސް މެންބަރު ވަހީދު ވިދާޅުވިއެވެ.
ވަހީދު އިތުރަށް ވިދާޅުވީ 2023 ގައި އުފެދޭ ސަރުކާރެއްގައި އެ ޕާޓީގެ ހިއްސާ އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ގުޅެންޖެހުނު ބަޔަކާއި ގުޅި ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ