- Advertisement -ad image

މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ 5 ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއަދު ކުރިއަށްދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގެ 5 ގޮނޑި އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.
މިއަދު ވަނީ ޑަބްލިއުޑީސީގެ 8 ރަށެއްގެ އިންތިހާބު ބާއްވާފައެވެ. މީގެތެރެއިން ޕީޕީއެމުން ކާމިޔާބުކޮށްފައިވަނީ ލ މާމެންދޫ، ހދ ފިނޭ، މ ވޭވަށް، ކ ދިއްފުށި އަދި ގއ ހޯޑެއްދޫގެ ގޮނޑިއެވެ.
މީގެ އިތުރުން މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ރ މީދޫ އަދީ ގއ ދެއްވަދޫގެ އަދި ށ މާއުނގޫދޫ ގޮނޑިއަށް އެހެން ޕާޓީއަކުން ކުރިމަތިލާފައި ނުވާތީ އެ ދެ ރަށުގެ ގޮނޑިވެސް ޕީޕީއެމްއަށް ވަނީ ލިބިފައެވެ.

އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ދެ ރަށެއްގެ ގޮނޑި އެވެ. އެއީ އއ. ފެރީދޫ އާއި ތ. ގާދިއްފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ