- Advertisement -ad image

ދިވެހި ގައުމަށް ސަރުކާރުން ދެމުންދާ އަނިޔާއަށް ދިވެހި ރައްޔިތުން ފާޅުގައި ނޫނެކޭ ބުނި އަޑު އިވިއްޖެ: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ދިވެހި ގައުމަށް ސަރުކާރުން ދެމުންދާ އަނިޔާއަށް ދިވެހި ރައްޔިތުން ފާޅުގައި ނޫނެކޭ ބުނި އަޑު އިވިގެން ހިނގައްޖެ ކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނުގެ 5 ގޮނޑި ޕީޕީއެމަށް ކާމިޔާބު ކުރެވުމުންނެވެ.
އެގޮތުން ހޮނިހިރު ދުވަހުގެ ޑަބްލިޔުޑީސީ ބައި އިލެކްޝަންއިން ފެނިގެން ދިޔައީ ރައީސް އަބްދުالله ޔާމީނުގެ ޒައާމަތަކަށް ރައްޔިތުން ފެންބޮވައިގެންފައި އޮތްވަރު ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދި ދިރުމެއްވާ ތަނެއްގައި އުންމީދު އޮންނާނެކަން ފަހުގެ ތާރީހެއްގައި ސާބިތު ކޮށްދެއްވި ބޭފުޅަކީ ރައީސް ޔާމީނު ކަމަށާއި އެ ދިރުން ވާކަން މިއަދު ހާމަވެއްޖެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
“ އެ ނަތީޖާއިންވެސް އެނގިގެން ދަނީ ރައްޔިތުން ރައީސް ޔާމީނުގެ ޒައާމަތަކަށް ފެންބޮވައިގެންފަ އޮތް މިންވަރު. ދިވެހި ގައުމަށް ސަރުކާރުން ދެމުންދާ އަނިޔާއަށް ދިވެހި ރައްޔިތުން ފާޅުގައި ނޫނެކޭ ބުނި އަޑު އިވިގެން ހިނގައްޖެ. މިއަދަކީ އުއްމީދީ ދުވަހެއް “ އަދުރޭ

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ނަތީޖާތަކުގައިވާ ގޮތުން މިއަދު ބޭއްވި 8 ބައި އިލެކްޝަންގެ ތެރެއިން 5 ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ.


އިދިކޮޅު ޕީޕީއެމްގެ ފަރާތުން އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ކ.ދިއްފުށި އަންހެނުންގެ ކޮމެޓީއަށް ވާދަކުރެއްވި ޢައިޝަތު ސާހިރާ އާއި، މ. ވޭވަށު ގޮނޑިއަށް ވާދަކުރެއްވި، ޝިފާޒާ އިބްރާހިމްއާއި، ހދ. ފިނޭ ގޮނޑިއަށް ވާދަކުރެއްވި، ޒުހުދާ މުހައްމަދު އާއި ލ. މާމެންދޫ ގޮނޑިއަށް ވާދަކުރެއްވި، ސަޢުދިއްޔާ ޙުސެއިންގެ އިތުރުން ގދ. ހޯނޑެއްދޫ ގޮނޑިއަށް ވާދަކުރެއްވި، ނަޒުރާނާ ހުސެއިން މަނިކު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ