- Advertisement -ad image

މެއި މަހު މާލޭގައި 185 ކައިވެނި ކުރިއިރު 132 ވަރިވެސް ކުރި

ad image

ގުޅުންހުރި ލިޔުންތައް


މިދިޔަ މެއިމަހު މާލޭގައި 185 ކައިވެނި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ފެމިލީ ކޯޓުން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މެއި މަހު އެކަނިވެސް 132 ވަރި މާލޭގައި ކޮށްފައިވެއެވެ. އަދި މެއި މަސް ނިމުނު އިރު ވަރިއާ ގުޅޭ އިތުރު 129 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން ކުރީ މަހުގެ ބާކީހުރި މައްސަލަތަކާއި އެކު މެއި މަހު ނިންމި ވަރީގެ މައްސަލަތައް 172 އަށް އަރައެވެ. ވަރިއާމެދު ޝައްކުވެގެން މިދިޔަ މަހު އެއް މައްސަލައެއް ހުށަހެޅުނުއިރު، އެ މައްސަލަ ނިންމާފައެއް ނުވެ އެވެ.
މެއި މަހު ވަރި ސާބިތުކުރުމަށް 56 މައްސަލައެއް ހުށަހެޅުނުއިރު، ކުރީ މަހުގެ ބާކީ ހުރި އަދަދުތައް ހިމަނައިގެން 75 މައްސަލައެއް ނިންމާފައި ވެއެވެ. އަދި މަސް ނިމުނުއިރު، 20 މައްސަލައެއް ނުނިމި އެބަ އޮތެެވެ.

މިދިޔަ މަހު ވަރިވުމަށް އެދި 75 މައްސަލައެއް ހުށަހަޅާފައި ވެއެވެ. ކުރީ މަސްތަކުގެ 79 މައްސަލަ ހިމަނައިގެން އެބާވަތުގެ ޖުމްލަ 69 މައްސަލައެއް މިދިޔަ މަހު ވަނީ ނިންމާފައެވެ. އަދި މަސް ނިމުނުއިރު، 85 މައްސަލައެއް ނުނިމި އެބަ އޮތެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ