- Advertisement -ad image

މާލެ ސިޓީ ކައުންސިލުން މާލޭގެ މައިޒާންތަކާއި ޕާކުތައް އާބާތުރަފިލުވުމަށް ބޮޑަތި މަސައްކަތްތަކެއް ކުރަނީ

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީގައި ހުރި ޕާކު ތަކާއި މައިޒާންތައް މަރާމާތު ކުރުމަށް ބޮޑަތި މަސައްކަތް ކުރަން ފަށައިފިއެވެ.

މާލެ ސިޓީގެ މައިޒާންތަކާއި ޕާކުތައް އާބާތުރަ ފިލުވުމުގެ ގޮތުން މުއިވެޔޮ މައިޒާނާއި ރައިވެރިބޭ މައިޒާނާއި އިސްކަންދަރު މައިޒާނުގައި އަންނަނީ މަރާމާތުގެ ބޮޑަތި މަސައްކަތް ކުރަމުންނެވެ.

އެގޮތުން މުއިވެޔޮދޮށު މައިޒާނުގައި ކުޑަކުދިންނަށް ކުޅެވޭނެ އައު ސެޓެއް ހަރުކުރުމުގެ މަސައްކަތާއި ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ރައިވެރިބޭ މައިޒާނުގައި ހަލާކުވެފައި ހުރި ކުޑަކުދިން ކުޅޭ ސާމާނުތައް ބަދަލުކޮށް އައު ކުޅޭ ސެޓު ބަހައްޓާ ކުޑަ ކުދިން ކުޅޭ ސަރަހައްދުގައި ކާޕެޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން އިސްކަންދަރު މައިޒާނުގައި ވެސް ހަލާކުވެފައި ހުރި ކުޑަކުދިން ކުޅޭ ސާމާނުތައް ބަދަލުކޮށް އައު ކުޅޭ ސެޓު ބަހައްޓާ ކުޑަ ކުދިން ކުޅޭ ސަރަހައްދުގައި ކާޕެޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި މައިޒާންތަކަކީ 2015 ވަނަ އަހަރު ހުޅުވި މައިޒާން ތަކެކެވެ. މި މައިޒާންތައް މަރާމާތު ކުރަން ފަށާފައި މިވަނީ އެ މައިޒާންތައް ހުޅުވިފަހުން ފުރަތަމަ ފަހަރަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ