- Advertisement -ad image

ދެހާހުން ފެށިގެން ކުރިހާ އިސްލާހީ މަސައްކަތް ކުނިކޮށްލެއްވީ ރައީސް ސާލިހު: ވައްޑެ

ad image

ގުޅުންހުރި ލިޔުންތައް


ދެހާސްވަނަ އަހަރުން ފެށިގެން އެމްޑީޕީން ކުރަމުން އައި އިސްލާހީ ހުރިހާ މަސައްކަތެއް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުނިކޮށްލައްވާފައިވާ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު ވަހީދު ވިދާޅުވެއްޖެއެވެ.
މިރޭ ކުރެއްވި ޓުވީޓެއްގައި ވައްޑެ ވިދާޅުވީ ރައީސް ސާލިހުގެ ނުފޫޒުން ވަނީ މަޖިލިސް ހުއްޓުވާފައި ކަމަށެވެ. އަދި ހުރިހާ ކޯޓުތަކަށް އަތް ބާނައިފާވާ ކަމަށާއި މިނިވަން މުއައްސަސާތައް ވަނީ މުށަށްލާފައި ކަމަށް ވައްޑެ ވިދާޅުވިއެވެ.
“ މީޑިޔާތަކަށް ފައިސާދީ ހަންފަތުރާ އެއްޗަކަށް ހަދައިފި. ޕްރޮމޯޝަންތައް ބަހައިގެން ސިފައިންގެ/ފުލުހުންގެ ގިނަ ވެރިން ލޮއްސައިފި “ ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީބޕްރައިމަރީ ރައީސް ސާލިހު ކާމިޔާބު ކުރެއްވި ހިސާބުން ވައްޑެ ގެންދަވަނީ ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެމްޑީޕީގެ ރައީސް ނަޝީދު އަށް ވަފާތެރި ވައްޑެ މިހާރު ވަނީ އެމްޑީޕީން ވަކިވެސްވެފައެވެ. އަދި ހަސަންޗލަތީފުގެ ނަމުގައި އުފައްދަން މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރަޓްސް އާއި ގުޅި ފާޅުގައި ސަރުކާރުން ހިންގަމުންދާ ކޮރަޕުޝަނުގެ ވާހަކަތައްވެސް އެންމެ ބާރަށް ދައްކަވާ މެންބަރަކީ ވައްޑެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ