- Advertisement -ad image

ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ބުނެ ވެރިކަން ކުރާ އެމްޑީޕީން މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ހުށަހެޅުއްވި އެ މައްސަލައަށް ބަހުސްކުރުމާ ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް ވަނީ ބަހުސް ފަށައިފަ އެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފި ކަމަށް ބުނެ ޝަރީފް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށް ގަވައިދުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތާއި ނަޝީދު ހަވާލުނުވެ، މަޖިލީހުގެ ޖަލްސާތަކަށް ހުރަސް އެޅުމަކީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ޝަރީފް ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.
ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ދެކޮޅު ހެއްދެވުމަށްފަހު އެ ދުވަހު ނަޝީދު މަޖިލީހުގެ ގޯތި ތެރޭގެ ކުޑަ ދަށުގައި އަދި އެކިކެކި ހަރަކާތްތަކުގައި ހަރަކާތްތެރިވެވަޑައިގެން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ