- Advertisement -ad image

ފިކުރެއްގެ ދިރުމުގައި މުޒާހަރާއެއް ކޮށްލާނެ ވަރުގެ ތާއީދެއްވެސް ނެތް: ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް


ފިކުރެއްގެ ދިރުން (ދަ ޑިމޮކްރަޓްސް) ގައި މުޒާހަރާއެއް ކޮށްލާނެ ވަރުގެ ތާއީދެއްވެސް ނެތް ކަމަށާއި ރޭ އެ ޕާޓީއަށް މުޒާހަރާ ކޮށްދިނީވެސް ޕީޕީއެމްގެ ސަޕޯޓަރުން ކަމަށް މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ މިވަގުތު ނުދޭން ނިންމުމުން އެކަމުގައި ސަރުކާރުގެ އަތެއް އޮތްކަމަށް ބުނެ އެޕާޓީގެ މެންބަރުން ޕާޓީގެ ޖަގަހަ ކައިރިން ބޮޑުތަކުރުފާނު މަގުގައި ރޭ ވަނީ މުޒާހަރާކޮށްފައެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މަވޯޓާ ޝަރީފު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އުފައްދަވަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސް ނުވަތަ ފިކުރެއްގެ ދިރުން ފެކްޝަނަށް ތާއީދު ނެތްކަން ރޭ އެނގިގެން ދިޔަ ކަމަށެވެ.
ކުރީގެ ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ކޮންމެ ރެޔަކުވެސް މަގުމަތީގައި ދަނީ މުޒާހަރާ ކުރަމުންނެވެ. ނަމަވެސް ރޭ ވަނީ ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ ސަޕޯޓަރުން އެއްވެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ