- Advertisement -ad image

މިދަނޑިވަޅުގައި އިސްތިއުފާ ދިނުމަކީ ޤައުމަށް އެހާ ރަނގަޅު ގޮތެއް ނޫން: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މިދަނޑިވަޅުގައި އިސްތިއުފާ ދިނުމަކީ ޤައުމަށް އެހާ ރަނގަޅު ގޮތެއް ނޫން މަޖިލޡިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 54 މެމްބަރުންގެ ސޮޔާއެކު އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ރައީސާއި، ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ މަޖިލިސް ހުއްޓުވުމުގެ ނިޔަތުގައިކަމަށް ވިދާޅުވެފައެވެ. އިތުބާރު ނެތްކަމުގެމައްސަލަ ހުށައެޅުއްވުމާއި ގުޅިގެން ރައީސް ނަޝިދު ވަނީ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. ނަޝީދު ވިދާޅުވީ ރިޔާސަތާ ދުރަށް ވަޑައިގަންނަވަން ނިންމެވީ، ދުނިޔޭގެ ބެސްޓު ޕްރެކްޓިސްއަށް ބެއްލެވުމަށްފަހުގައި ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަކީ މިހާލަތަށް ބަލާއިރު ރަނގަޅު ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި މިހާރު އޮތް މައްސަލަ ހައްލު ވާނީ މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިއުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ