- Advertisement -ad image

ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު އާންމުން އެދޭ ސަރަހައްދުތައް ބަންދު ކުރަނީ

ad image

ގުޅުންހުރި ލިޔުންތައް


ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު އާންމުން އެދޭ ސަރަހައްދުތައް ބަންދު ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 107 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މާލެ ސިޓީ ކައުންސިލުން މި ނިންމުން ނިންމީ އެކި ފަރާތްތަކުން އެ ފަރާތްތައް ދިރިއުޅުއްވާ ސަރަހައްދު ބަންދުކޮށްގެން ޢީދު ފާހަގަ ކުރުމަށް ކުދިކުދި ހަރަކާތް ހިންގުމަށް މަގު ފަހި ކުރުމަށާއި ކުރީ ފަހަރުތަކާއި ހިލާފަށް ހުރިހާ މަގެއްގައި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމުން އާންމު ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލުމަށެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިފަދައިން ކަންތައް ކުރުމުގެ ސަބަބުން ޢީދުކުޅިވަރުތައް ކުރިއަށް ގެންދިއުމަށް އެދިފައިވާ ފަރާތްތަކަށާއި ތުއްތުކުދިން ގޮވައިގެން ހިނގާލަން ނުކުންނަން ބޭނުންވާ ފަރާތްތަކަށާއި އަދި ދުއްވާ އެއްޗެހީގައި އުޅޭ ފަރާތްތަކުގެ މަސައްކަތަށް ވެސް ބުރޫނާރާ ގޮތަކަށް މި ދެދުވަހުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ