- Advertisement -ad image

އެމްޑީޕީގެ ހުށަހެޅުން ބަލައިވެސްނުލި، މަޖިލީހުގެ މިދައުރު ނިންމާލައި ޗުއްޓީއަށް!

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައިފިއެވެ. މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ ފަހު ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ. މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގައި ކުރަން ހުރި މުހިންމު މަސައްކަތްތައް ނިމެންދެން މަޖިލީސް ޗުއްޓީއަށް ނުގޮސް ދައުރު ދަންމާލަން ސަރުކާރު ހިންގާ މައި ޕާޓީ / މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ހުށައަޅާފައި ވަނިކޮށް އެކަމަށް ރިއާޔަތް ކުރުމެއް ނެތިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ މަސައްކަތްތަކަށް ވަނީ ބުރޫއަރާފައެވެ. އެ ދެ ބޭފުޅުން ވަނީ މަޖިލީހުގެ ރިޔާސަތުގައި ތިއްބަވަން އިއުތިރާޒު ކުރައްވާކަން ހާމަ ކުރައްވާފައެވެ.
ނިމުނު ހަފުތާގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވިއެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރައީސާއި ނާއިބު ރައީސް ފިޔަވާ އެހެން ބޭފުޅަކަށް ރިޔާސަތުގައި އިންނެވީ އެންމެ ގިނަ ވެގެން ޖެހިޖެހިގެން ތިން ޖަލްސާއަށެވެ.
ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު އޮތް ޖަލްސާގެ ރިޔާސަތުގައި އިންނެވީ ރައީސް ނަޝީދެވެ. ރިޔާސަތަށް އަލުން ވަޑައިގެންނެވި ގެންނެވުމާމެދު ނަޝީދު ވިދާޅުވީ އެމަނިކުފާނު އަލުން ރިޔާސަތުގަައި އިންނެވީ ރައްޔިތުންްގެ މަސްލަހަތުގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ