- Advertisement -ad image

ޖުލައި 15 އިން ފެށިގެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނަގަނީ

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލުން، މާލޭގެ ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ނަގަން ނިންމާފައިވާ ފީގެ އަގުތައް ކަނޑައަޅާ އަންނަ މަހު 15 އިން ފެށިގެން އެ ފީ ނަގަން ނިންމައިފިއެވެ.

ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީގެ އަގުތައް ކަނޑައަޅާފައި ވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 107 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މާލެސިޓީ ކައުންސިލްގެ މި ހަފުތާގެ ބައްދަލުވުމުގައި، ޕާކް ތަކަށް ވަންނަ ބިދޭސީންނަށް ކަނޑައަޅާފައިވާ ފީތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވިދާޅުވީ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގަން ނިންމާފައި ވަނީ ތަފާތު އަގުތަކެއް ކަމަށެވެ. އޭގެ ތެރޭގައި ވެސް އިސްތިސްނާވާ ހާލަތްތަކެއް ހުރެ އެވެ.
ބިދޭސީންގެ އަތުން ނަގާ ފީތައް:
ވޯކްޕާމިޓް އޮންނަ ބިދޭސީއެއް ނަމަ ކޮންމެ ބިދޭސީއެއްގެ އަތުން 15ރ.
އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީއެއް ނަމަ ކޮންމެ މީހެއް އަތުން 50ރ.
ޓޫރިސްޓް ވިސާގައި ޕާކަށް ވަނަން ބިދޭސީއަކަށް 75ރ.
ކެމެރާ ހިފައިގެން އުޅޭ ބިދޭސީއެއް ނަމަ 500ރ.
ޕާކްތަކަށް ވަނަން ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ހާލަތްތައް:
އިސް ރަށްވެހިން ނުވަތަ އެހީތެރިންގެ ގޮތުގައި އުޅޭ ބިދޭސީން.
ކުޑަކުދިން ގޮވައިގެން އުޅޭ މެއިޑުން.
18 އަހަރު ނުވާ ބިދޭސީ ކުޑަކުދިން.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ ޑިޕްލޮމެޓިކް ކާޑު އޮންނަ ފަރާތްތައް ވެސް ޕާކަށް ވަނުމަށް ފީއެއް ދައްކަން ނުޖެހޭނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ