- Advertisement -ad image

ހިޔާގައި ހުސްކޮށް ހުރި 145 ފްލެޓް ޕޮއިންޓް ލިބުނު ތަރުތީބުން ހަވާލުކުރަނީ

ad image

ގުޅުންހުރި ލިޔުންތައް


އެކި ސަބަބުތަކާހެދި ހިޔާއިން ހުސްވެފައިވާ 145 ފްލެޓް ޕޮއިންޓް ލިބުނު ތަރުތީބުން ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.
މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޝްވަރާކުރެއްވުމަށްފަހުގައެވެ.
ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓްދިނުމަށާއި، އެކި ސަބަބުތަކާހެދި ހުސްވެފައިވާ 145 ފްލެޓް ދޫކުރުމާމެދު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ގޮތްތަކެއް ނިންމަވާފައެވެ.
ވަޒީރުން މަޝްވަރާކުރައްވާފައި ވަނީ ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުނުކުރާ ގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމެވުމާއެކު އެކެޓަގަރީން ފްލެޓް ހަވާލުނުކޮށްތިބި 45 ފަރާތަކަށް ފެލެޓް ހަވާލުކުރުމާ މެދުއެވެ.

ސަރުކާރުން ކުރިން ނިންމާފައިވަނީ ހިޔާ ސްކީމްގެ ސިވިލް ސަރވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން މާކްސް ލިބޭ މީހުންނަށް ފްލެޓު ނުދިނުމަށެވެ. އެހެންނަމަވެސް ސިވިލް ސަރވިސް ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ގޮތުގައި ނަން ހިމަނާފައި ނުވުމާއި ސިވިލް ސަރވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް ކޮންމެ އޮފީހަކަށް ވަކި ޢަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސަރވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް ޢަދަދު ކަނޑައަޅައިގެން ކުރިޔަށްގެންގޮސްފައިވާ ކެޓަގަރީއަކަށް ވާތީ ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައި ވަނީ ދާއިމީ ލިސްޓުގައި ހިމެނިފައިވާ އެ 45 ފަރާތައް ފްލެޓް ޙަވާލުކުރުމަށެވެ.
އެކި ސަބަބުތަކާހުރެ ހިޔާ ފްލެޓްތަކުން ހުސްވެފައިވާ 145 އެޕާޓްމެންޓު، ފްލެޓަށް ކުރިމަތިލާފައިވާ މީހުންގެ ރިޒާވް ލިސްޓުގެ ތަރުތީބުން ދޫކުރުމަށް ވެސް ވަނީ ނިންމަވާފައެވެ. މި ބައްދަލުވުމުގައި ނިންމެވީ ރިޒާވް ލިސްޓުގައި ތިބި ފަރާތްތަކުގެ ތެރެއިން މާކްސް ލިބިފައިވާ ގޮތަށް ބަލާ ތަރުތީބުން ފްލެޓު ދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ