- Advertisement -ad image

ކުށްވެރިން ފައިގައި ޓެގް އަޅުވަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ކޯޓު އަމުރުގެ ދަށުން ބައެއް ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ފަށައިފިއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ޖިނާއީ ޢަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ޤާބިލުކަން ފުލުހުންގެ ކިބާގައި ޤާއިމުކޮށް، ކޯޓު އަމުރެއްގެ ދަށުން އެންކަލް ބްރެސްލެޓް ނުވަތަ ޓެގު ބޭނުންކުރަން މިހާރު ފަށާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމާނުވާނެކަމަށެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، ޒަމާނީ ވަސީލަތްތަކާއެކު މިނިޒާމު ބޭނުންކުރެވޭނީ މައިގަނޑުގޮތެއްގައި ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންކަމުގައި ވީނަމަވެސް، ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި “މޮނިކޮން” ބޭނުންކުރެވޭނެ އިތުރު އިޖުރާއާތްތައް ތައާރަފުކޮށް، ޖަލުގައި މީހުން ބަންދުކުރެވޭ މިންވަރު މަދުކުރުންކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ފަށާފައިވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވެފައިވާއިރު، މިނިވަން ނޫހުގެ ނުސްވެރިޔާ އަޙްމަދު ރިޟްވާނާއި، ބްލޮގަރ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ދަޢުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ބަންދުން ދޫކޮށްލި އަހްމަދު އިސްމާޢީލް ފައިގައި މިއަދު ވަނީ ޓެގް އަޅުވާފައެވެ. އަޙްމަދު އިސްމާޢީލްގެ މައްޗަށް ދައުލަތުން އުފުލަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވުމުގެ ދަޢުވާއެވެ.

އެ ދަޢުވާތަކާއި ގުޅޭ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ