- Advertisement -ad image

ދަ ޑިމޮކްރެޓިކްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި

ad image

ގުޅުންހުރި ލިޔުންތައް


“ ދަ ޑިމޮކްރެޓިކްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް އިލެކުޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދުވަހު ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އަދި ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް މިހާރުވާނީ މިކަން އަންގާފައި ކަމަށް ހަބީބް ވިދާޅުވިއެވެ.
ދަ ޑިމޮކްރަޓިކްސް އުފެއްދުމުގެ ހުއްދަ ދިނުން ލަސްވާތީ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. ދަ ޑިމޮކްރަޓިކްސް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ