- Advertisement -ad image

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާއިރު ބައެއް މަގުތައް ބަންދުކުރާނެ!

ad image

ގުޅުންހުރި ލިޔުންތައް


މި އަހަރުގެ އަޟްހާ އީދު ދުވަހު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ ސަރަހައްދުތަކުގެ ވަށައިގެންވާ މަގުތައް ބަންދު ކުރަން ނިންމައި އެ މަގުތަކުގެ ތަފްސީލުތައް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.
މިއަހަރު މާލެ ސަރަހައްދުގެ ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އީދު ނަމާދު އޮންނަ ވަގުތު މާފަންނު ސްޓޭޑިއަމްއަށް ދެވެން އޮންނަ މަގުތަކާއި ސަލްމާން މިސްކިތް ކައިރީ އޮންނަ މަގުތައް އަދި އިސްލާމީ މަރުކަޒާ ދިމާ މަގުތައް ބަންދުވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އަދި ބައެއް ސަރަހައްދުތަކުގައި ޕާކު ކުރުން މަނާކޮށްފައިވާއިރު ހަތަރު ފުރޮޅުލީ އުޅަނދަށް ބައެއް ސަރަހައްދުތައް ބަންދުވާނެއެވެ.
މި އަހަރު މާލެ ސަރަހައްދުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ:
މާލެ މާފަންނު ސްޓޭޑިއަމް
ސަލްމާން މިސްކިތާއި މާބުލް ސަރަހައްދު
އިސްލާމީ މަރުކަޒާއި މައިދާން ސަރަހައްދު
ހުޅުމާލެ ސިންތެޓިކް ޓްރެކް
ހުޅުމާލެ ދެވަނަ ފިޔަވަހި ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަހައްދު)
ވިލިމާލެ ފުޓްބޯޅަ ދަނޑު
މީގެއިތުރުން މާލެ ސަރަހައްދުގެ ބޮޑެތި މިސްކިތްތަކުގައިވެސް އީދު ނަމާދުކުރާނެއެވެ. އެގޮތުން މިއަހަރު އީދު ނަމާދު ޖުމްލަ 29 މިސްކިތެއްގައި ކުރުމަށް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ