- Advertisement -ad image

ގޯތި ލިބުނު މީހުންގެ ލިސްޓުގައި ބޭރުގެ 3 މީހެއްގެ ނަން އޮންނާނެ: އަކުރަމް

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސަރަހައްދުން ހިލޭ ގޯތި ލިބޭ މީހުންގެ ލިސްޓުގައި ބޭރު 10 މީހެއްގެ ނަން ނެތްކަމަށާއި އެ ލިސްޓްގައި އޮތީ ބޭރު 3 މީހެއްގެ ނަންކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އަކުރަމު މިފަދައިން ވިދާޅުވީ ގޯތި ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ ބޭރު 10 މީހެއްގެ ނަން ކަމަށް ބުނާ ލިސްޓެއް މީސްމީޑިއާގައި ދައުރުވާން ފެށުމުން ކުރެެއްވި ޓުވީޓެއްގައެވެ.
އެގޮތުން އަކްރަމް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހިލޭ ގޯތި ލިބޭ މީހުންގެ ލިސްޓް އާއްމު ކުރި އިރު އޭގައި ބޭރު 3 މީހެއްގެ ނަން އޮތް ކަމަށެވެ. އަދި ދައުރުވަމުންދާ 10 މީހުންގެ ލިސްޓަކީ ރަނގަޅު ލިސްޓެއް ނޫންކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ މިހާރު އާއްމުކޮށްފައި ވަނީ ބިންވެރިޔާ ސްކީމުން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓެއް ކަމަށް ދާއިމީ ލިސްޓް އާއްމު ކުރާނީ ފަހުން ކަމަށެވެ.
މާލެ މީހުންނަށް ބަހާ ގޯތި ލިސްޓު އާންމުކުރިއިރު އެ ލިސްޓުގައި ބޮޑެތި ވިޔަފާރިވެރިންނާއި، މަޖިލިސް މެންބަރުންނާއި، ކޮރަޕްޝަނާއި ޚިޔާނާތް ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މީހުންވެސް ހިމެނެއެވެ.
ގޯތި ބަހާފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ