- Advertisement -ad image

އުޟްހިޔާ ކަތިލީ މާލެސިޓީގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ނަމުގައި: މޭޔަރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


1444 ވަނަ އަހަރުގެ އަޟްހާ ޢީދުގައި މާލެ ސިޓީ ކައުންސިލުން އުޟްހިޔާ ކަތިލީ މާލެސިޓީގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ނަމުގައި ކަމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަޟްހާ ޢީދު ދުވަހު ކައުންސިލުން އުސްފަސްގަނޑުގައި ބޭއްވި އުޟްހިޔާ ކަތިލުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ އަޟްހާ ޢީދަކީ މުސްލިމުންނަށް އެންމެ މުޤައްދަސް އެއް މުނާޞަބަތު ކަމަށާއި، އެ ދުވަހު އެންމެ ޚާއްޞަވެގެން ދަނީ އުޟްހިޔާ ކަތިލުމަށް ކަމަށެވެ.

އެހެންކަމުން މާލެސިޓީ ކައުންސިލުން ގަސްތުކުރީ މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ނަމުގަ ކައުންސިލްގެ ފަރާތުން އުޟްހިޔާ ކަތިލަން ކަމަށާއި، އެކަން ކުރިއަށް ގެންދިޔައީ އެ ނިޔަތުގަ އެ މާތް މަޤްސަދުގައި ކަމަށް މޭޔަރ ވިދާޅުވިއެވެ.
އަޟްޙާ ޢީދަށް މާލެ ސިޓީކައުންސިލުން ގިނަ ޙަރަކާތްތަކެއް ހިންގާފައިވާއިރު އެ ހުރިހާ ޙަރަކާތެއްގައި މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެން ރައްޔިތުންނާއި އެކު ޢީދުގެ އުފަލުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މާލެސިޓީ ކައުންސިލުން އަޟްޙާ ޢީދަށް ހާއްސަކޮށް ހިންގި ޙަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ