- Advertisement -ad image

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރި ތިން ކެންޑިޑޭޓުންވެސް ޖޫރިމަނާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ނިމިގެންދިޔަ ގުރައިދޫ ދާއިރާގެ އިންތިހާބުގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުންވެސް ޖޫރިމަނާކޮށްފައިވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އޭޕްރިލް 15 ގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި، ވާދަކުރެއްވި 3 ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާފައިވާ، މާލީ ބަޔާންތަކަކީ، ގާނޫނު ނަންބަރު 11/2008 އިންތިހާބުތަކާބެހޭ ޢާންމު ގާނޫނު ގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާތީ، އެ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން، ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ގައި ވާދަކުރެއްވި 3 ކެންޑިޑޭޓުންނާއި ، ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭގެން ކޮންމެ ފަރާތެއް ޖޫރިމަނާ ކުރީ 6000 ރުފިޔާ އިން ކަމަށް ހަބީބު ވިދާޅުވިއެވެ.؟
‏އީސީ އިން މިގޮތަށް ނިންމައި އެ ފައިސާ މި ޖުލައިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ކެންޑިޑޭޓުންނަށް ވަނީ ދަންނަވާފައި ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
‏އަދި މާލީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ މިންވަރަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިިހަމަ ނުވާނަމަ، ކުރިޔަށް ހުރި އިންތިޚާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މެދު ވެސް މިފަދައިން ޢަމަލުކުރާ ގޮތަށްވެސް ކޮމިޝަނުންވަނީ ނިންމާފައި ކަމަށް ހަބީބު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ