- Advertisement -ad image

އަމީނީ މަގުގައި ގަވައިދާހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގައިފި

ad image

ގުޅުންހުރި ލިޔުންތައް


ގަވައިދާ ހިލާފަށް އަމީނީމަގުގައި ޕާކުކޮށްފައި ހުރި އުޅަނދުފަހަރު އަންނަ އާދީއްތަ ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށް، ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އަމީނީމަގުގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާބިނގާވާ މީހުުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.
އެހެންކަމުން، 2023 ޖުލައި 6 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ބެލުމަށްފަހު، އަމީނީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.


ފުލުހުން ބުނީ އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ، އަމީނީމަގާ ގުޅިފައިވާ މަގުތަކާއި ގޯޅިތައް، ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ.

މާލޭގެ ބައެއް ސްކޫލްތަކުގެ އިތުރުން، ސަރުކާރުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް ހުންނަ އަމީނީމަގަކީ އާންމު ގޮތެއްގައި ގިނަ މީހުން ބޭނުންކުރާ އެއް މަގެވެ. ސްކޫލް ނިމޭ ވަގުތުތަކުގައި ނުވަތަ އޮފީސްތައް ނިމޭ ވަގުތު އާންމު ގޮތެއްގައި އަމީނީމަގުގައި އުޅަނދުފަހަރު ތޮއްޖެހޭކަން ފާހަގަކުރެވެއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ