- Advertisement -ad image

އެއްވެސް ލީޑަރަކު ޖަލުގައި އޮތުމަކަށް ނޭދެން، ރައީސް ޔާމީނަކީ ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ލީޑަރެއް: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީނަކީ ދިވެހި ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ލީޑަރެއް ކަމަށާއި އެއްވެސް ލީޑަރަކު ޖަލުގައި އޮތުމަށް ނޭދޭ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ރޭ ޣިޔާސުއްދީން ސުކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެއްވެސް އިރެއްގައި ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން ޖަލުގައި ބޭތިއްބުމަކީ ތާއީދުކުރައްވާ އަދި އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
ރައީސް ޔާމީނުގެ ޚިދުމަތްތައް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަކީ މިދިޔަ ފަސް އަހަރު ރާއްޖޭގެ ރައީސްކަން ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ދައުލަތުގެ ވަޒީރުކަމާއި މައްޗަންގޯޅީގެ ވެރިކަމާއި މިހެން ގޮސް އެތައް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އަދި އެދިވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީނުވެސް އަދި އެމަނިކުފާނުވެސް އިންތިޚާބުގައި ވާދަނުކުރައްވައި އެކީގައި ބާރަށް މަސައްކަތްކުރައްވައިގެން ރައްޔިތުން އެދޭ ގޮތެއް ރައްޔިތުންނަށް ހޯދައިދޭންވީ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ތިޔައީ ނަޝީދު ތިޔަ މަގާމުތަކުގާ ހުރެގެން ބުނެވެންޖެހޭ ވާހަކައެއްނޫން ބުނަންވީ ވާހަކަޔާ ކުރަންވާ ކަންކަން ނޭގޭތީތާދޯ ވެރިކަން ވިއްލާލާފަ ފިލީ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ