- Advertisement -ad image

ފުވައްމުލަކުގައި ހިންގި މާރާމާރީ އާއި ގުޅިގެން 2 މީހުން ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ޏ. ފުވައްމުލައް ސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 12:30 ހާއިރު ފުވައްމުލަކުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެ މާރާމާރީގައި ޒަހަމްވީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫގައެވެ. އެކަމަކު، އިތުރު ފަރުވާ އަށް އެމީހާ ވަނީ މާލެ ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ