- Advertisement -ad image

ސަރުކާރު މިހާރު ބަދަލުވެފައިވަނީ ކޮރަޕުޝަންގެ ނެޓްވޯކަކަށް، އެމްޑީޕީން ވަކިވާން ޖެހުނީ އެހެންވެ: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވަކިވެވަޑައިގަތީ ފިއްކަނޑައިގެންދާ ވަރުގެ ވައްކަމާއި ކޮރަޕްޝަންގެ ނެޓުވޯކަކަށް ސަރުކާރު ބަދަލުވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ހައުސް އޮފް ދަ ޑިމޮކްރެޓްސް ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ދުވަހަކުވެސް ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ މި ވެރިކަމުގައި ފެނިގެން ދިޔައީ ވައްކަމާއި ކޮރަޕްޝަނުގެ ބޮޑު ނެޓުވޯކެއް ސަރުކާރުގެ ތެރޭގައި އުފެދިގެން ދިޔަ މަންޒަރުކަމަށެވެ.
އަދި އެކަންކަން ހުއްޓުވާ ކޮރަޕްޝަންގެ މައްސަލަތައް ސަރުކާރުން ބަލަމުން ވެސް ނުދާކަމަށް ނަޝީދު ވިދާޅުވި އެވެ.
އެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެންނެވި އަސްލު ސަބަބަކީ ވެސް އެމްޑީޕީ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތްއިރު އެއިން އެއްވެސް މައްސަލައެއް ނުބަލާ، އެކަންކަމުގައި މުޅި ސަރުކާރު ޝާމިލުވާތީކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ