- Advertisement -ad image

ނ ހޮޅުދޫގައި މަގު ހަދަން އުޅުނު 3 މީހުންގެ ގައިމައްޗަށް ފާރެއް ވެއްޓިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ނ.ހޮޅުދޫގައި މަގުހެދުމުގެ މަސައްކަތްކުރަމުންދިޔަ ތިން މީހެއްގެ ގަޔަށް ފާރެއް ވެއްޓި، އެމީހުންނަށް ފަރުވާދޭން ފަށައިފިއެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް ރިޟްވާން މުޙައްމަދު ވިދާޅުވީ އެރަށު މަގުހެދުމުގެ މަސައްކަތްކުރަމުންދަނިކޮށް އާރުޑީސީގެ ތިން މުވައްޒަފުންގެ ގަޔަށް ފާރެއް ވެއްޓުނީ، މަގުގެ ފާރާ ކައިރިން ވަޅު ކޮންނަމުންދަނިކޮށްކަމަށެވެ. އޭގެތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އެކެއްގެ ކޮނޑަށް އަދި އަނެއް މީހާގެ އުނގަނޑަށް އަނިޔާވެފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 1745 ހާއިރުކަމަށް ލަފާކުރެވޭކަމަށްވެސް ކައުންސިލްގެ ރައީސް ރިޟްވާން މުޙައްމަދު ވިދާޅުވިއެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ އިތުރު ތަފްސީލް އެނގޭނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސް ބައެއް ޓެސްޓުތައް ހެދުމުންކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ