- Advertisement -ad image

ނަޝީދު ވިދާޅުވީ އިރާދަކުރެއްވިއްޔާ އެމްޑީޕީ ރޫޅާލާނެ ކަމަށް

ad image

ގުޅުންހުރި ލިޔުންތައް


ވެރިކަންކުރާ އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
ދަ ޑިމޮކްރެޓްސް” އަށް ސޮއިކުރެއްވުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވީ ވަރަށް ހިތްދަތިކަމާ އެކު ކަމަށެވެ.
“އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލަނަން. ތިކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ. ތިޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،” ރައީސް ނަޝީދު ވާހަކަފުޅު ފައްޓަވާ އަދި ނިންމާލެއްވީ ވެސް މިވާހަކަތައް ތަކުރާރު ކުރައްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ދޫކޮށްލީ ވަރަށް ހިތްދަތިކަމާ އެކު ކަމަށާއި އެހެންނަމަވެސް ވަކި ފިކުރެއް ދިރުވުމަށް އެ ޕާޓީ ވެސް ދޫކޮށްލަންޖެހުނީ ކަމަށެވެ.
މިރޭގެ ޖަލްސާގައި ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ބައެއް މީހުން ވަޒީފާތަކުން ވަކިވެ އެޕާޓީއަށް ވަނީ ސޮއިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ހޭނާރާ ޖަހަނީ މަރުފަލިތާ ބޮނޑިބޯން! ދެނެއް ރައްޔިތުންގެ މަޖްލީހުގެ ރައީސްކަން ކީއްކުރަން އެތަނުން ގޮނޑިގަޑެއްވެސް ނުލިބޭނެއެވެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ