- Advertisement -ad image

ރައީސް ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ ހިޔާނާތާއި ގުޅޭ ޝަރީއަތުގެ މިއަދުގެ އަޑުއެހުންވެސް ކެންސަލް ކޮށްފިއެވެ.
މިއަދުގެ ޝަރީއަތް ކެންސަލް ކުރީ މިމައްސަލައިގައި ހެކިން ހާޒިރު ނުކުރެވުމާއި ގުޅިގެންނެވެ.
މިމައްސަލައިގާ ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެއެވެ.
ފުއްގިރި މައްސަލައިގައި އެންމެ ފަހުން ހެކިބަސް ނަގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ އަޑުއެހުން ބޭއްވީ، މި މައްސަލާގައި ދެން ދައުވާކުރާ އަހުމަދު ކްރިކް ރިޒާގެ ދައުވާ ދައުލަތުން އަނބުރާ ގެންދިއުމަށް ފަހުއެވެ. އެހެންކަމުން މި މައްސަލަ މިހާރު ކުރިޔަށް ގެންދަނީ ކްރިކްގެ ދައުވާ ނުހިމަނައި ރައީސް ޔާމީނާއި ދެން ދައުވާ ލިބޭ ސަންގެ ދެ ކުންފުނި ހާޒިރުކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ