- Advertisement -ad image

މިއަދު ވައްކަން ކުރުން މަގާމުގެ ޝަރުތަކަށްވެ ޣައްދާރުން ގައުމީ ބަޠަލުންނަށް ވެއްޖެ: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


މިއަދު ވައްކަން ކުރުން މަޤާމުގެ ޝަރުތަކަށްވެ ޝަރަފުވެރިވެއްޖެ ކަމަށާއި ޣައްދާރުން ޤައުމީ ބަޠަލުންނަށްވެފައިވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝިޔާމު ވިދާޅުވީ މިނިވަން ދުވަސް ބައްދަލުކުރިއިރު ދިވެހިންގެ މަސްކަނޑު ވިއްކާލައިފި ކަމަށާއި ދިވެހި ފަސްގަނޑުގައި އިންޑިޔާ ސިފައިން ދާއިމަށް ބަނޑަހަ ޖަހާ ޤައުމު އެކީ ދަރުވާލައިފާވާ ކަމަށެވެ.
“ ރައްޔިތުން ހުރިހާ ސްކީމަކަށް ދަރުވާލައި ނިކަމެތިކޮށްފި. ލިބޭ މުސާރަ 2 ދުވަސްތެރޭ ހުސްވާ ވަރަށް ތަކެތީގެ އަގު އުފުލި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުކޮށްފި “ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ ޤައުމުގެ މުސްތަޤުބަލު ކަމަށްވާ ޒުވާން ޖީލުގެ ބޮޑު އާބާދީގެ މަގުގެެއްލުވާލައި ގޮތް ހުސްކޮށްލައިފާވާ ކަމަށެވެ.
އަދި އަދުލުގެ ނިޒާމަކީ ސަރުކާރުން މޮޑޭ ސިޔާސީ ފުއްގަނޑަކަށް ވެފައިވާ ކަމަށް ވެސް މެންބަރު ޝިޔާމު ވިދާޅުވިއެވެ.
އިތުރަށް ޝިޔާމު ވިދާޅުވީ ގައުމުގެ މި އަނދިރި ހާލަތު ބަދަލު ކުރެވޭނެ ހުންނެވީ އެންމެ ބޭފުޅެއް ކަމަށާއި އެއީ ރައީސް ޔާމީން ކަމަށެވެ.
އަދި އެކަން އަދުގެ ސަރުކާރަށް އެނގޭތީވެ އެމަނިކުފާނު އެވަނީ ހުރަގެއަށްލާ ޤައިދުކޮށްފައި ކަމަށާއި ޤައުމު މިނިވަންވާނީ ރައީސް ޔާމީން މިނިވަންވެގެން ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ