- Advertisement -ad image

ހިމަބިހި ޖެހިފައިވާ ދިވެއްސަކު މާލެއިން ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސަރަހައްދުން ހިމަބިހި ޖެހިފައިވާ ދިވެއްސަކު ފެނިއްޖެއެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ވަނީ ހާމަކޮށްފައެވެ. އަދި ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އެ އެވޯޑް ރާއްޖެ އާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި މީހާ އާއި ގުޅޭގޮތުން ބެލި ބެލުމުން އެނގިފައި ވަނީ އޭނާއަށް މި ބަލި ޖެހިފައި ވަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އަދި ބަލި ޖެހުނު ފަރާތުގެ ސިއްހީ ހާލަތު ހުރި ގޮތުން ހޮސްޕިޓަލްފައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އޭނާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި އޭނާއަކީ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހެއް ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައި ވުމުން ބަލި ޖެހުމުގެ ހިރާސް %97 ކުޑަކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ