- Advertisement -ad image

ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރާނެ އެއްވެސް މީހަކު، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕް، އަދި ސެނެޓުގައި ވެސް ނެތް: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ އެއްވެސް ބޭފުޅެއް، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕް، އަދި ސެނެޓުގައި ވެސް ނެތް ކަމަށް ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ޗެނަލް13ގައި ޢަބްދުއްރަޙީމް ވިދާޅުވީ، އިންސާފުވެރި، މިނިވަން އިންތިޚާބެއް ބޭއްވޭނީ ރައީީސް ޔާމީނަށް ވާދަ ކުރެއްވުމުގެ ފުރުސަތު ދީގެން ކަމަށެވެ.
އަދި އިދިކޮޅު ކޯލިޝަނުން އަދިވެސް ޔަޤީން ކުރާ ގޮތުގައި، ރައީސް ޔާމީންގެ ނަންފުޅު، ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“ ވާދަވެރިން އުޅެނީ ޕީޕީއެމް-ޕީއެންސީ ރޫޅައިލަން މި ކޯލިޝަންގެ ލީޑަރޝިޕް ދުވަހަކުވެސް، އިދިކޮޅު ލީޑަރު، ރައީީސް ޔާމީން ދޫނުކުރައްވާނެ “ އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމް-ޕީއެންސީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި، އަދުރޭ ވިދާޅުވީ އެފަދަ ވާހަކަ ފަތުރަނީ ވާދަވެރިން ކަމަށާއި، ބޭނުމަކީ ކޯލިޝަން ބައިބައި ކޮށްލުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ