- Advertisement -ad image

މާލޭގައި ރޯގާ ފެތުރި އައިޖީއެމްއެޗް އާއި އޭޑީކޭގެ އެމަޖެންސީ ފުރިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ހޮޑާއި ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭ ސަރަހައްދުގައި ފެތުރި، އައިޖީއެމްއެޗްއާއި އޭޑީކޭ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމު ފުރިއްޖެއެވެ.
މާލެ ސަރަހައްދުގައި ހޮޑުލެވޭ ރޯގާއެއް ފެތުރި ރެއިން ފެށިގެން އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއަށް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ގެންގޮސްފައެވެ.
އޭޑީކޭ ހޮސްޕިޓަލުގައި މިވަގުތު ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ތިބިއިރު، އައިޖީއެމްއެޗްއަށް ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ގެންގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރު، އަހްމަދު ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގައިވެސް މިވަގުތުވެސް ގިނަ އަދަދެއްގެ ކުޑަކުދިން ޑޮކްޓަރަށް ދެއްކުމަށް ކިޔޫގައި އެބަތިއްބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ