- Advertisement -ad image

ރޯގާ ފެތުރޭތީ މިރޭ ހުޅުމާލޭގައި ހަވާ އެރުވުން ކެންސަލް

ad image

ގުޅުންހުރި ލިޔުންތައް


މިނިވަން ދުވަހާއި ގުޅިގެން ހުޅުމާލޭގައި މިރޭ ހަވާ ނާރާނުވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން އެމިނިސްޓްރީން ބުނީ ބޭރަށް ހިންގުމާ ހޮޑުލުން އިތުރުވަމުންދާތީ އެޗްޕީއޭ‬⁩ ގެ ލަފާގެމަތިން، މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ރާވާފައޮތް ކާނިވަލް ހުޅުވުން ފަހުގެ ތާރީޚަކަށް ފަސްކޮށްފައިވާ ކަމަށެވެ.
އަދި މިހާލަތުގައި ހުރިހާ ބޭފުޅުންވެސް އެޗްޕީއޭ އާއި ސިއްހީ މާހިރުންގެ އިރުޝާދަށް ތަބާވުމަށް މިނިސްޓްރީން އެދެއެވެ.
ކާނިވާ ހުޅުވާނެ ތާރީޚެއް ފަހުން އިއުލާން ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

58 ވަނަ މިނިވަން ދުވަހާއި ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކްގައި މިރޭ 21:30ގައި ހަވާ އަރުވާ ގޮތަށް ކުރިން އޮތީ އިއުލާނުކޮށްފައެވެ.
ނަމަވެސް މިނިވަން ދުވަހާ ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިރޭ އެރުވުމަށް ހަމަޖެހިފައިވާ ހަވާ، އެހެން ތާރީޚަކަށް ފަސްކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ