- Advertisement -ad image

މާލެ ސަރަހައްދުގައި ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިނގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް: އެޗްޕީއޭ

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީގައި ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިނގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހުކުރު ދުވަހުން ފެށިގެން މާލެ ސިޓީގައި ބޭރަށް ހިންގުމާއި ހޮޑުލުން އާދަޔާ ހިލާފަށް ފެތުރި ހޮސްޕިޓަލްތަކުގެ އިމަރޖެންސީއަށް ގިނަ ބަޔަކު ދައްކާފައިވެއެވެ.
އެޗްޕީއޭއިން ބުނީ މިފަދަ ބަލިމަޑުކަމެއް ފެތުރުނީ ވައިރަސްއެއްގެ ސަބަބުން ކަމަށާއި އެއީ ކާއެއްޗެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ.
އަދި މާލޭ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިނގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށާއި މިއީ ހަލުވި ކަމާއި އެކު ފެތުރޭ ވައިރަސްއެއް ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން މިބަލި ފެތުރޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިބަލިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުމާއެކު ހޮޑު ނުވަތަ ބޮޑު ކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފު ކުރާއިރު ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ